އިނގިރޭސި ވިލާތުގައި 104 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި !

އިނގިރޭސި ވިލާތުގައި 104 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ބްރިސްޓަލްގެ ސްޓޯކަލޭ ކެއާ ހޯމްގައި އުޅެމުން އަންނަ އެނީ ބްރޮކެންބްރޯވް ނަމަކަށް ކިޔާ އަންހެނެކެ...

23 Mar 2019 | 17:43

އިނގިރޭސި ވިލާތުގައި 104 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ބްރިސްޓަލްގެ ސްޓޯކަލޭ ކެއާ ހޯމްގައި އުޅެމުން އަންނަ އެނީ ބްރޮކެންބްރޯވް ނަމަކަށް ކިޔާ އަންހެނެކެވެ.

އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ އެދުމުގެ މަތިންނެވެ. އެގޮތުން އޭނާ ހަޔާތުގައި ދެން އެންމެ ބޭނުން ކަމަކީ ކޮބައިތޯ އެހުމުން ބޭނުންވީ ފުލުހުންގެ ހައްޔަރަށް ދިއުން ކަމަށެވެ.

އެނީ ބުނެފައިވަނީ ހައްޔަރުކުރުމުން ވަރަށް އުފާވި ކަމަށާއި އަތުގައި ބިޑި އެޅުވުމުން ވަކިން ބޮޑަށް އުފާވި ކަމަށެވެ.

ހަޔާތުގައި ދުވަހަކުވެސް ގާނޫނަކާއި ހިލާފުވެފައި ނުވާނެކަމަށާއި އެހެންކަމުން ހައްޔަރު ކުރުމަކީ ހަޔާތުގައި ނުކުރެވޭ ތަޖުރިބާއެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް