ރީތި ވަރުގަދަ އިސްތަށިގަނޑަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ އެއްޗެކެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާހުރެ އިސްތަށިގަނޑު ބަލިވެ އިސްތަށި ފައިބަން ދިމާވެއެވެ. މީގެ ތެރެއިން އެއް ސަބަބަކީ ސިއްހަތަށް ބޭނުންވާ މާއްދާތައް ހުންނަ ތަކެތި ކެއެމުގައި ބޭނުންކުރުން މަދުވުމެވެ. މިގޮތުން ސިއްހަތު ރަނގަޅު އިސްތަށި ގަނޑަކަށް ވިޓަމިން އޭ، ބީ، ސީ، ޑީ، އީ ގެ އިތުރުން އަޔަން އަދި ޒިންކް ބޭނުންވެއެވެ. މި ލިޔުމުގައި މި މާއްދާތައް އެކުލެވޭ ރާއްޖެއިން ފަސޭގަ ކަމާއި އެކު ލިބެން ހުންނަ ތިން ބާވަތަކާއި ގުޅޭ މައުލޫމާތު ގެނެސްދޭނަމެވެ.
- ފެހިކަން ގަދަ ފަތްތައް
ފެހިކަން ގަދަ ފަތްތަކުން އަޔަން މާއްދާ ލިބެއެވެ. އަޔަންއަކީ އިސްތަށިތަކުގެ މޫތަކަށާއި، ފޮލިކަލްސްއަށް މުހިންމު މާއްދާއެކެވެ. ރާއްޖެއިން ލިބެން ހުންނަ ކެއުމުގައި ބޭނުން ކޮށް އުޅޭ ފަތްތަކުގެ ތެރޭގައި، ކުއްޅަފިލާ ފަތް، ކެބެޖް އަދި ކަންކުން ފަތް ހިމެނެއެވެ.
- ސިޓްރަސް ބާވަތުގެ މޭވާތައް
ސިޓްރަސް ބާވަތުގެ މޭވާތަކުގެ ތެރޭގައި އޮރެންޖް، ލުނބޯ އަދި ގްރޭޕް ފްރުޓް ހިމެމެއެވެ. މިބާވަތުގެ މޭވާއިން ވިޓަމިން ސީ ލިބެއެވެ. ވިޓަމިން ސީ އަކީ ކޮލަޖެން އުފައްދައިދޭ މާއްދާއެކެވެ. ކޮލަޖެން އިސްތަށިގަނޑު ދިގުވުމުގަޔާއި އިސްތަށީގެ ބުޑުން ފެށިގެން ގޮސް އޭގެ ތުނޑާއި ހަމައަށް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.
- ބިސް
ބިހަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. ޕްރޮޓީން އިސްތަށިގަނޑަށް މުހިންމު ވަނީ އިސްތަށި އުފެދިފައިވަނީ ޕްރޮޓީންއިން ކަމަށް ވާތީއެވެ. އެންމެ ބިހެއްގައިވެސް ހަޔަކާއި ހަތް ގްރާމްއި ދެމެދުގެ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ. މިއީ ސިއްހީ ގޮތުން ރަނގަޅު މިންވަރެއްގައި އިސްތަށިގަނޑު ދިގުވުމަށް ބޭނުންވާ މިންވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް