ހޯމް މިނިސްޓަރު އަތުން ރައީސް ޔާމީން އަތުލެއްވި ބާރުތައް ރައީސް ސޯލިހް ދެއްވައިފި

ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިގެންވާ ބާރުތަކުގެ ތެރެއިން ބައެއް ބާރުތައް ކުރީގެ ރައީސް ޔާމީން ހަނިކޮށް އެ ބާރުތައް ރައީސުލްޖުމްހޫރިޔާއްގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ގެންގޮސްފ...

23 Mar 2019 | 09:08

ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިގެންވާ ބާރުތަކުގެ ތެރެއިން ބައެއް ބާރުތައް ކުރީގެ ރައީސް ޔާމީން ހަނިކޮށް އެ ބާރުތައް ރައީސުލްޖުމްހޫރިޔާއްގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ގެންގޮސްފައިވާ ގެންދިއުން ނިމުމަކަށް ގެނެސް ރައީސް ސޯލިހް އެ ބާރުތައް ހޯމް މިނިސްޓަރަށް އިއާދަކޮށްފިއެވެ.

ރައީސް ސޯލިހް މިކަން ހާމަކުރެއްވީ މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރަށް ލިބިދީފައިވާ ބާރުތަކެއް ކުރީގެ ސަރުކާރުން ނެންގެވިކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެ ބާރުތައް އަނެއްކާވެސް ހޯމް މިނިސްޓަރަށް ދޫކޮށްލުމަށް ސޮއި ކުރަން ޖެހޭ ލިޔުމެއް ވިއްޔާ މިހާރު ވާނީ ސޮއިކޮށް ނިމިފައި ކަމަށެވެ. އޭރު ނެންގެވި ބާރުތައް މިހާރު ވާނީ ދޫކޮށްލާފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން އެ ބާރުތައް ނެންގެވި އިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އުމަރު ނަސީރެވެ. ބާރުތައް ނެންގެވި އިރު އުމަރު ނަސީރު ގެންދެވީ ގޭންގުތަކާއި ދެކޮޅަށް އިސްލާހީ ހަރަކާތްތަކެއް ހިންގަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް