ޑައިވިނަށް ހާއްސަ ސާމާނު ވިއްކާ ފިހާރައެއް ފަޅާލައި އެ ފިހާރައިން ގިނަ އަދަދެއްގެ ޑޮލަރާއި ފައިސާ ވަގަށް ނަގައިފިއެވެެ.
ވައްކަން ކޮށްފައިވަނީ އެމްއޭ ސާވިސަސް - ކޮމްޕްލީޓް ޑައިވިން ސޮލިއުސަން ފިހާރައިންނެވެ. ފުލުހުން ބުނެފައިވާގޮތުގައި އެކަން ރިޕޯޓްކޮށްފައިވަނީ މިއަދު 08:30ހާއިރުގައެވެ.
އެ ފިހާރައިން 2600 އަށްވުރެ ގިނަ ޑޮލަރާއި 13500 އަށްވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ. މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް