ދޭ ހަމަލާތަކަށް ރައްދު ނުދިނުމަށް ނަޝީދު ގޮވާލައިފި

އެމްޑީޕީގެ ޖަގަހަތަކަށް ހަމަލާދިން ނަމަވެސް، އަދި އެކަން ކުރަނީ ކޮން ބައެއްކަން އެނގުންކަމުގައި ވިޔަސް، އެމްޑީޕީގެ އެއްވެސް މެމްބަރެއް އަދި ސަޕޯޓަރެއްވެސް އެކަމަށް ރައްދު ނުދިނުމަށް ކުރީގެ ރައީސް މުހަ...

23 Mar 2019 | 08:28

އެމްޑީޕީގެ ޖަގަހަތަކަށް ހަމަލާދިން ނަމަވެސް، އަދި އެކަން ކުރަނީ ކޮން ބައެއްކަން އެނގުންކަމުގައި ވިޔަސް، އެމްޑީޕީގެ އެއްވެސް މެމްބަރެއް އަދި ސަޕޯޓަރެއްވެސް އެކަމަށް ރައްދު ނުދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ކުރިހާ މެމްބަރުންނާއި ސަޕޯޓަރުން ކެތްތެރިވުމަށާއި، ހިތްވަރުގަދަ ކުރެއްވުމަށެވެ. އަދި އިރާދަފުޅުން އެމްޑީޕީ ކާމިޔާބުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1109364825677680640

ނަޝީދު މިހެން ވިދާޅުވީ، ރޭ ފަތިހު މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ހައިތަމްގެ ކެމްޕެއިން އޮފީހަށް ދިން ގެއްލުމާއި ގުޅިގެންނެވެ. މިމަހުގެ ކުރީކޮޅު ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު، މީކާއިލް ނަސީމްގެ ކެމްޕެއިން ޖަގަހައަށް ގެއްލުންދީ މަރުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް