އައިއެސްއެލް ބަލިކޮށްފިކަމަށް އެސްޑީއެފްއިން އިއުލާނުކޮށްފި

އައިއެސްއެލް އެއްކޮށް ބަލި ކޮށްފައިވާ ކަމަށް އެމެރިކާގެ އެހީގައި ސީރިޔާގައި ހަނގުރާނަކުރަމުންދާ ސީރިޔަން ޑިމޮކްރަޓިކް ފޯސަސް، އެސްޑީއެފް އިން އިއުލާނު ކޮށްފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ އެސްޑީއެފ...

23 Mar 2019 | 07:56

އައިއެސްއެލް އެއްކޮށް ބަލި ކޮށްފައިވާ ކަމަށް އެމެރިކާގެ އެހީގައި ސީރިޔާގައި ހަނގުރާނަކުރަމުންދާ ސީރިޔަން ޑިމޮކްރަޓިކް ފޯސަސް، އެސްޑީއެފް އިން އިއުލާނު ކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ އެސްޑީއެފްގެ މީޑިޔާ އޮފީސްގެ އިސްވެރިޔާ މުސްތަފާ ބާލީ ކުރި ޓްވީޓެއްގައެވެ. މި ޓްވީޓުގައި ބުނެފައިވަނީ އައިއެސްއެލް އާދެކޮޅަށް ސީރިޔާގެ ބަޣޯޒްގައި އައިއެސްއެލް އެއްކޮށް ނައްތާލުމަށް ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ކުރިއަށް ދިޔަކަމަށެވެ. އައިއެސްއެލް ބަލިކުރެވިފައިވާ ކަމަށް އެމެރިކާއިންވެސް ވަނީ ބުނެފައެވެ. ވައިޓް ހައުސްގެ ސްޕޯކްސް ޕާސަންއަކާ ހަވާލާދީ އެމެރިކާގެ ޑިފެންސް ޑިޕާޓުމެންޓުން ބުނެފައިވަނީ އައިއެސްގެ ބާރުގެ ދަށުގައި މިހާރު ސީރިޔާ އަދި އިރާގުގެ އެއްވެސް ބައެއް ނެތްކަމުގައެވެ.

އައިއެސް އުފެދިގެން އައީ އަލްގައިދާ ޖަމާއަތުން ވަކިވެގަތް ގޮއްޕެއް އިސްލާމިކް ސްޓޭޓް އޮފް އިރާގުގެ ނަމުގައި 2006 ވަނަ އަހަރު އެގައުމަށް އަތްގަދަ ކުރަން ފެށުމުންނެވެ. އޭގެ ފަހުން އެ ޖަމާއަށް ސީރިޔާއަށްވެސް ފުޅާވެ އިސްލާމިކް ސްޓޭޓުގެ ނަމުން މަޝްހޫރުވެގެންދިޔައެވެ. އައިއެސް އެންމެ ބާރުގައި އޮތްއިރު ސީރިޔާ އަދި އިރާގުގެ ތިންބައިކުޅަ އެއްބައި ކޮށްޓްރޯލްކުރިއެވެ.

ސީރިޔާގައު ކުރިޔަށްދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިންވެސް ވަނީ ދަތުރުކޮށްފައެވެ. އަދި ބައެއް ފަރާތަތަކުން މިހާރު އެނބުރި ގައުމަށް އައުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް