އަލިފުށި ސުކޫލުގެ މަލްޓި ޕާޕަސް ހޯލުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ރ އަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުގައި، އަލިފުއްޓަށް ވަޑައިގެން އެރަށު ސުކޫލުގެ މަލްޓި ޕާޕަސް ހޯލުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ. މިއަދު މިކަމަށް ހާއ...

23 Mar 2019 | 07:41

ރ އަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުގައި، އަލިފުއްޓަށް ވަޑައިގެން އެރަށު ސުކޫލުގެ މަލްޓި ޕާޕަސް ހޯލުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިއަދު މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި، ބިންގާ އެޅުއްވީ ރައީސް ސޯލިހާއި އެ ސުކޫލުގެ ޕްރިންސިޕަލްއެވެ.

އަލިފުށީގައި ގާއިމްކުރާ މަލްޓި ޕާޕަސް ހޯލްއަކީ ސަރުކާރު ބަޖެޓުން އެއްމިލިއަން ރުފިޔާ ހޭދަކޮށްގެން އަޅާ ހޯލެކެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވަނީ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާ، ސުކޫލް ބައްލަވައިލާފައެވެ.

މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ރައީސް އަލީ ޝާހިދާއި، އަލިފުށީ ސްކޫލްގެ ޓީޗަރުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް