ސްޕާކްހަބް އާއި ދިރާގު ގުޅިގެން ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފިއެވެ.
ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށް، ދިރާގު މައި އޮފީހުގައި އިއްޔެ ބޭއްވި އިވެންޓުގައި އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ.
"ސްޓާޓްއަޕް ގްރައިންޑް އެކްސް" ގެ ނަމުގައި ބޭއްވި މި އިވެންޓުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ދާއިރާއަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިވާން އެންމެ ބޭނުންވާ އެއް ދާއިރާ ކަމަށެވެ.
އަދި ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރް އިޖުތިމާއި ޒިންމާ ގެ މުހިންމު ބައެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
މި އިވެންޓް އަކީ ތައުލީމީ ފަރާތްތަކާއި އަލަށް ވިޔަފާރިތައް ނުކުންނަ ފަރާތްތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީ އެވެ. އެގޮތުން، މި ފަހަރު ދިރާގުން ކުރިއަށް ގެންދިޔަ "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" ގައި މައުލޫމާތު ދީފައި ވަނީ މެލޭސިޔާގެ ކުންފުންޏެއް ކަމަށްވާ މައިބަންޕް މެލޭޝިއާ ކުންފުނީގެ ކޯފައުންޑަރު އަދި ސީއީއޯ ދަނީސް އާތިފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް