ވިސާއާއި ނުލާ ދިވެހިންނަށް ތައިލެންޑަށް ދެވޭނެގޮތް ހަމަޖައްސައިފި

ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސަވައ...

23 Mar 2019 | 07:18

ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ވިސާއާއި ނުލައި ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑްގައި ދިވެހިންނަށް ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ދިވެހި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް