މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އިންތިހާބު ކުރަންވީ މިލިޔަނަރުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރައްދުދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންވީ އަމިއްލަ ހާލައިގެން އުޅެވޭ ފައިސާ ހުރި ފޯރުންތެރިން ކަމަށާއި އޭރުން މަޖިލިސް މެމްބަރުން ރިޝްވަތަށް ނުހެއްލޭނެ ކަމަށް، ދަންގެތި ދާއިރާފެ ޖޭޕީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން އިވެންޓުގައި ޤާސިމް އިއްޔެ ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އިންތިޚާބު ކުރަންވީ މިލިއަނަރުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން، އެކަމަށް ރައްދުދީ ޑރ. ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަހުޖަނުންނަށް ސިޔާސީ ބާރު ދިނީމަ ކޮރަޕްޝަން ހުއްޓޭ ކަމުގައިވާނަމަ، ޑްރަގް ވިޔަފާރި ހުއްޓުވުމަށް އެ ވިޔަފާރި ކުރާ މީހުންނަށް ފުލުސް އޮފީސް ދޭންވީ ކަމަށެވެ.
މީގެ އިތުރުން އެކަމާއި ގުޅިގެން ސޯޝަލް މިޑިއާގައި ގިނަ ބަޔަކު އަންނަނީ ގާސިމަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް