ނޯޓްކޮށްގެން ޑައިޓް ކުރާނަމަ ލިބޭ ފައިދާ ބޮޑު: ދިރާސާ

އަމިއްލައަށް މޮނީޓާކޮށްގެން އަދި ޑައިޓް ޕްލޭންތައް ގަޑިން ގަޑިއަން ނޯޓްކޮށްގެން ޑައިޓް ކުރާނަމަ، ބަރުދަން ލުއިވުމުގައި ފައިދާ ބޮޑުކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މުޅި ދުވަހު ކާތަކެއްޗާއެކު، ކާވަރު...

23 Mar 2019 | 07:08

އަމިއްލައަށް މޮނީޓާކޮށްގެން އަދި ޑައިޓް ޕްލޭންތައް ގަޑިން ގަޑިއަން ނޯޓްކޮށްގެން ޑައިޓް ކުރާނަމަ، ބަރުދަން ލުއިވުމުގައި ފައިދާ ބޮޑުކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މުޅި ދުވަހު ކާތަކެއްޗާއެކު، ކާވަރުވެސް ނޯޓު ކުރުން މުހިއްމުކަމަށް ކޮލަމްބިއާގެ ޔުނިވާރސިޓީއަކުން ހެދި ދިރާސާއަކުން ބުނެއެވެ. މިހެން ހެދުމުގެ ސަބަބުން ގަޑިއަށް ފަރުވާތެރިވުމުގެ އިތުރުން، ކޮންމެ ގަޑިއަކު ކެވޭ ތަކެތީގެ ރިކޯޑެއްވެސް އޮންނާނެއެވެ. މީގެ ސަބަބުން ޑައިޓް ޕްލޭންތައް މޮނީޓާ ކުރުމަށް ފަސޭހަވެގެން ދާނެކަމަށް މި ދިރާސާގައިވެއެވެ.

މި ދިރާސާގައި ބައިވެރިވި 142 މީހުންގެ ތެރެއިން 81 މީހުން ވަނީ ގަޑިން ގަޑިއަށް އެމީހުން ގެ ޑައިޓް ޕްލޭންތައް ނޯޓްކޮށްފައެވެ. މި މީހުންވަނީ އޮންލައިން ސެޝަންތަކަކުވެސް ބައިވެރިވެފައެވެ. މީގެ ސަބަބުން އެމީހުން ކެއީ ކޯންޗެއްކަމާއި، ވަގުތު ދިރާސާކުރި ޓީމަށް އެނގިގެން ދިޔައެވެ. ނޯޓް ނުކޮށް ޑައިޓް ކުރި މީހުންގެ ނަތީޖާ ސާފުނުވާކަމަށް ދިރާސާގައިވެއެވެ. ނޯޓްކޮށްގެން ޑައިޓް ކުރި މީހުންގެ ބަރުދަން ލުއިވުމުގައި ހުރި އުނދަގޫތަކާއި، ކެއުމަށް ގެންނަންޖެހޭ ބަދަލާއި، އަދި ކާ ވަގުތަށް ގެންނަން ޖެހޭ ބަދަލުތައް އެނގިގެންދިޔައެވެ.

ނަތީޖާއެއްގެ ގޮތުން 6 މަސް ތެރޭގައި މި މީހުންގެ ހަށިގަނޑުގެ ބަރުދަނުން 10 ޕަސެންޓަށް ލުއި ވެގެން ދިޔައެވެ. މި ދިރާސާގެ ބޭނުމަކީ، ޑައިޓް ކުރާއިރު ތިމާއަށް ކެވެނީ ކޯންޗެއްތޯ އާއި ކެވޭ ގަޑި ބެލުމެވެ. މިކަންތައްތައް ނޯޓްކޮށްގެން ޑައިޓްކުރާނަމަ ބަރުދަން ލުއިކުރަން އިތުރަށް ކުރެވިދާނެ ކަންކަން ދެނެގަންނަން ފަސޭހަވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް