ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޭންޑުތަކެއް ހަދަނީ

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޭންޑުތަކެއް ހަދަން ފަށައިފި އެވެ. އެކި ސަރަހައްދު ތަކުގައި ހަދަމުން އަންނަ ބަސް ސްޓޭންޑް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސަ ތަންތަން ކަމަށާއި، ފަސޭހައިން އިށީންދެވޭ...

23 Mar 2019 | 06:29

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޭންޑުތަކެއް ހަދަން ފަށައިފި އެވެ.

އެކި ސަރަހައްދު ތަކުގައި ހަދަމުން އަންނަ ބަސް ސްޓޭންޑް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސަ ތަންތަން ކަމަށާއި، ފަސޭހައިން އިށީންދެވޭ ގޮތަށް ހަމަޖެހިފައިވާ ތަނެއް ކަމަށް އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވިއެވެ. އެތަންތަން ހުންނާނީ ވާރޭ އާއި އަވިން ނިވާވެވޭނެ ގޮތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަސް ސްޓޭންޑްތައް ފުރަތަމަ ހަދަނީ އެންމެ ގިނައިން ބަހަށް އަރަން ދާ ހިސާބުތަކުގައެވެ. އަދި ޗައިނާ ފްލެޓް ތަކާއި، ސިފައިންނާއި ފުލުހުންނަށް ހަދާ ފްލެޓް ތައް ކައިރީގައިވެސް ބަސް ސްޓޭންޑް ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ވީހާވެސް އަވަހަކަށް ބަސް ސްޓޭންޑުތައް ނިންމާލަން މަސައްކަތް ކުރާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް