އަލިފުށީ އެންވަރަމެންޓް ސޮސައިޓީ އިން ބޭއްވި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ދުނިޔޭގެ ފެނުގެ ދުވަހާއި، މޫސުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މި ޕްރޮގްރާމުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަތީ އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި ރ. އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅެއްގެ ތެރެއިން މިއަދު ހެނދުނުއެވެ.
މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުންނާއި، ތިމާވެށީގެ ކަންކަމުގައި ދިވެހިން ހޭލުންތެރި ކުރުމަށް މިފަދަ ބައިވަރު ޕްރޮގްރާމް ތަކެއްވަނީ ފަށާފައެވެ.
އެގޮތުން، އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޒާތުގެ ޕްލާސްޓިކު ދިވެހިރާއްޖެއިން މަދުކުރުމަށް ވެސް ރައީސް ސާލިހު މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް