ދުނިޔޭގެ ފެނުގެ ދުވަސް އއ.މަތިވެރީގައި ފާހަގަކޮށްފި

މިއަހަރުގެ ފުނުގެ ދުވަސް ވަރަށް ކުލަގަދަކޮށް އއ.މަތިވެރީގައި ފާހަގަކޮށްފިއެވެ. ކޮންމެ އަހަރެއްގެ ވެސް މާރޗް 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސްކަމުގައި ވާއިރު، މިއަހަ...

23 Mar 2019 | 06:00

މިއަހަރުގެ ފުނުގެ ދުވަސް ވަރަށް ކުލަގަދަކޮށް އއ.މަތިވެރީގައި ފާހަގަކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ވެސް މާރޗް 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސްކަމުގައި ވާއިރު، މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ ” ލީވިންގ ނޯވަން ބިހައިންޑް ” އެވެ.

މި ދުވަސް އއ. މަތިވެރީގައި ފާހަގަކުރީ ފެނުގެ ހޭލުންތެރިކުރުމުގެ ހަވީރެއްގެ ގޮތުގައެވެ. މި ހަވީރު ފެށުމުގެ ގޮތުން  މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މި ހަފްލާގައި ދިވެހިރާއްޖެއަށް ކަނޑުއަޅުއްވާފައިވާ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ( ޑަބް.ލިޔު.އެޗް.އޯ)ގެ ރެޕްރެޒެންޓޭޓިވް މިސްޓަރ އަރްވިންދް މާތުރް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ހޭލުންތެރިކުރުމުގެ ހަވީރުގައި ފެނުގެ ދުވަހުގެ ޝިޢާރާއި ގުޅުވައިގެން ފެން ރައްކާތެރިކުރުމާއި، ފެން އިޤްތިސާދު ކުރުމާއި ފެން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ބައިތަކަށް އަލިއަޅުވާލައިގެން މަތިވެރި އަދި އެހެނިހެން އަތޮޅުތަކުގެ ސްކޫލުތަކުން ސްޓޯލްތަކުގައި ޙަރަކާތްތައް ކުރިއަށްގެންދިޔައެވެ. މި ހަރަކާތަކީ އއ. މަތިވެރި ކައުންސިލު، މަތިވެރި ސްކޫލް އަދި މަތިވެރީގެ ރަށު އިދާރާތަކުގެ އިސްނެންގެވުމާއި އަދި އއ. އަތޮޅުގެ އެހެނިހެން ސްކޫލްތަކުގެ އެއްބާރުލުމާއެކުގައި ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.

މި ހޭލުންތެރިކުމުގެ ހަވީރުގައި އަތޮޅުތެރެއިން ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި  އއ. ހިމަންދޫ ސްކޫލް، އއ. މާޅޮސް ސްކޫލް، އއ. ތޮއްޑޫ ސްކޫލް، އއ. ބޮޑުފުޅަދޫ ސްކޫލް، އއ. ރަސްދޫ ސްކޫލް އަދި އއ. އުކުޅަހު ސްކޫލް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް