އިނގިރޭސިވިލާތުގެ ދެމަފިރިއަކު، ވަރަށް ހާއްސަ ޝަރުތަކާއިއެކު އެމީހުންގެ 5 އަހަރުގެ އެއްމާބަނޑު ދެކުދިން ބަލައިދޭނެ މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ޗައިލްޑްކެއާރ.ކޯ.ޔޫކޭ ގައި ޖަހާފައިވާ މި އިއުލާނުގައި ވާ ގޮތުން މިދެކުދިން ބަލަން ކޮންމެ މަހަކުވެސް އަޅަން ޖެހެނީ ތަފާތު ޑިޒްނީ ޕްރިންސަސްއެއްގެ ހެދުމެވެ. މި ވަޒީފާގެ މުސާރައަށް 52000 އެމެރިކާ ޑޮލަރު ހުށައަޅާފައިވާއިރު، މިއީ ޕާޓް ޓައިމް ވާޒީފާއެކެވެ. ވަޒީފާގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ދެންވެސް ކުދިންބަލައިދޭ މީހުން ކުރާ، ކެއްކުން އަދި ކުދިން ސްކޫލުން ގެއަށް ގެނައުންފަދަ އާންމު ކަންތައް ކޮށްދޭން ޖެހެއެވެ. އަދި މީގެ އިތުރުން ޑިޒްނީ ކާޓޫނު ތަކާއި ގުޅޭ ކަންކަން ރާވައި އެކަންކަން އެކުދިންނާއި އެކު ކުރަންޖެހެއެވެ.
މި ދެކުދިންގެ މައިންބަފައިން ދެކޭ ގޮތުގައި މިގޮތަށް ކުދިން ބަލާނެ މީހަކު ހުރުމުން ޑިޒްނީ ޕްރިންސަސްތަކުގެ ގައިގައި ހުންނަ އަޒުމުގެ ވަރުގަދަ ކަމާއި، ބިރުކުޑަ ކަމާއި އަދި ހިތްތިރި ކަން ފަދަ ރަނގަޅު ސިފަތައް އެކުދިންނަށް ދަސްވެގެން ދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް