އިއްޔެ އުނގޫފާރުން ވަގަށް ނެގި ތިޖޫރީ ހޯދައިފި

އިއްޔެ ރ.އުނގޫފާރުން ވަގަށް ނަގައިފާ ތިޖޫރީ ފަޅު ގެއެއް ތެރެއިން ފުލުހުން ހޯދައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ މައްސަލައިގެ ތަހުގީގަށް ލިބުން މައުލޫމާތުގައި އެ ފަޅުގެ ބަލައި ވާސްކުރަނިކ...

23 Mar 2019 | 05:18

އިއްޔެ ރ.އުނގޫފާރުން ވަގަށް ނަގައިފާ ތިޖޫރީ ފަޅު ގެއެއް ތެރެއިން ފުލުހުން ހޯދައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ މައްސަލައިގެ ތަހުގީގަށް ލިބުން މައުލޫމާތުގައި އެ ފަޅުގެ ބަލައި ވާސްކުރަނިކޮށް ތިޖޫރީ ފެނުންކަމުގައިވިޔަސް، އެ ތިޖޫރީ ހުޅުވައިފައި ނުވާކަމަށެވެ. އެ ތިޖޫރީ ހުޅުވަން މަސައްކަތް ކޮށްފައި ހުރިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ތިޖޫރީގައި ފަސް ލައްކައަށްވުރެ ގިނަ ފައިސާ ހުރިކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ. އަދި ތިޖޫރީ ވަރަށް ނެގި މައްސަލައިގައި ރޭގައި ވަނީ 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް