ކަނޑިތީމު ދާއިރާގެ 5 ރަށަށް ނިސްބަތްވާ ހަމައެކަނި ކެނޑިޑޭޓް ފަޔާޒަކީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ފާހަގަ ކުރެވޭ ޒުވާނެކެވެ. ފަޔާޒް އުފަން ރަށް ފޭދޫގެ އިތުރުން އާއިލާގެ މެމްބަރުން އެންމެ ގިނައީ ނޫމަރާގައެވެ. އެއަށްފަހު ކަނޑިތީމުގައެވެ. ބިލެއްފަހި އަދި ގޮއިދޫގައި ވެސް އާއިލީ މެމްބަރުން ދިރިއުޅޭއެވެ. ފަޔާޒް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކަނޑިތީމު ދާއިރާގެ ބަހުސްގައި ދެއްކި ހުނަރާއި ސާބިތު ކަމުންނެވެ. ބަހުސްގައި އެންމެންގެ ލޮލުގައި ފަޔާޒް އަޅައިގަތުމުގެ ފަހަތުގައި އެބޭފުޅާގެ ވާހަކަ ދެއްކުމުގެ ހުނަރާއި އިލްމާއި ތަޖުރިބާ ނުހަނު ބޮޑު ހިއްސާއެއް އަދާކުރި ކަމަށް ބަހުސް ޓީވީން ބެއްލެވި ސީޔާސީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން ވިދާޅުވެ ވަނީ ޓްވީޓް ވެސް ކުރައްވާފައެވެ.
ކެންޕެއިންގައި ދާއިރާގެ ރަށް ތަކަށް ކުރައްވާ ދަތުރުފުޅު ތަކުގައި ރަށްޔިތުންގެ ގާތަށް ޒިޔާރަތް ކުރާއިރު އަމިއްލަ ފޯނު ނަންބަރު ހިއްސާ ކުރުމަކީ ވެސް އެބޭފުޅާ ތަފާތުވާ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ. އެއްވެސް ސިޔާސީ ބޭފުޅެއްގެ ހިޔަނީގައި ވާދަ ނުކުރައްވާ ކަމަށާއި ކެންޕެއިނަށް ކުރައްވާ ހަރަދު ތަކަކީ ސިޔާސީ ވެރިން ދެއްވި ފައިސާ ނޫންކަމަށް ތަކުރާރު ކޮށް ވިދާޅުވާ ފަޔާޒަކީ ކަނޑިތީމު ދާއިރާ އަށް ވާދަ ކުރައްވާ އެންމެ ޒުވާން ކެނޑިޑޭޓް ވެސްމެއެވެ.
ތައުލީމީ ދާއިރާ އާއި މީޑިއާގައި ޒިންމާދާރު އިސް މަގާމު ތަކެއް ފުރުއްވި ފަޔާޒަކީ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރައްވާ ހައްގުތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފަޔާޒް އާއި ވާދަ ކުރައްވާ އެހެން ކެނޑިޑޭޓުން ނާއި ފަޔާޒް އެންމެ ތަފާތުވަނީ ފަޔާޒް ވަކި ސިޔާސީ ޕާޓީ އަށް ނިސްބަތް ނުވެ ނަމަވެސް ރާއްޖޭގެ ހުރިހައި ސިޔާސީ ލީޑަރުންނާއި ވެސް ގާތްގުޅުން ތަކެއް އަދާކުރެއްވި ވަޒީފާގެ ގޮތުން ބޭއްވި އަދި ބާއްވަމުން ގެންދަވާ ބޭފުޅަކަށް ވާތީއެވެ. ފަޔާޒް ނޫނީ މިފަދަ ގުޅުން ތަކެއް އޮތް އެއްވެސް ކެނޑިޑޭޓަކު އެ ދާއިރާގައި ވާދަ ނުކުރައްވައެވެ.
ސިޔާސީ ގޮތުން ފަޔާޒް ފާހަގަ ކުރެވެނީ ބަސް ބުނަން ޖެހިލުން ނުވާނޭ ބޭފުޅެއްގެ ގޮތުގައެވެ. އެކަން ދާއިރާގެ ބަހުސް ގައި ފަޔާޒް ދެއްކެވިއެވެ. 30 އަހަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅާ އަދި ދާއިރާގެ ރައީސް އަށް ފާޅުގައި ފާޑު ވިދާޅުވީ މިސާވެސް ދައްކަވަމުންނެވެ. ބަހުސް ގައި ދެއްކެވި ސާބިތުކަމާއެކު ދާއިރާގެ އެތަށް ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ފަޔާޒްގެ މަގްބޫލުކަން ބޮޑުވެފައިވާ އަނެއް ސަބަބަކީ ރަށްޔިތުންނާއި ބަހައްޓަވާ ގާތްކަމާއި ކަންކަމުގައި ވެދެއްވާ އެހީތެރި ކަމެވެ. ކެންޕެއިންގައި ފަޔާޒް އުޅުއްވަނިކޮށް ދުވަސް އޮންލައިން އިން ގުޅާލުމުން ވިދާޅުވީ އިންތިޚާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ފަޔާޒަކީ އެއްއިރެއްގައިވެސް ފަސް އެނބުރި މޯހިރަށް ބަލަން ހުންނަ މީހެއް ނޫން ކަމަށާއި ދާއިރާގެ ރަށްޔިތުންގެ ހުވަފެންތަށް ހަގީގަތަކަށް ހެދުމަށް ފަސް ނުޖެހޭނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް