ވޯލްޑްކަޕް ބަލާލަން ދިއުމުގެ ފުރުސަތު ކޮކާ ކޯލައިން ދެނީ

ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަމުގައި މިއަހަރު ރަޝިޔާގައި ބާއްވާ ވޯލްޑްކަޕް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާ ކުންފުނިން ފަށައިފި އެވެ. މީގެ ކުރީ އަހަރުތަކުގައިވެސް ކޮކާ ކޯލާ ކުންފުނިނ...

23 Mar 2018 | 10:21

ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަމުގައި މިއަހަރު ރަޝިޔާގައި ބާއްވާ ވޯލްޑްކަޕް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާ ކުންފުނިން ފަށައިފި އެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް ކޮކާ ކޯލާ ކުންފުނިން ކުރިޔަށް ގެންގޮސްފައިވާ މި ޕްރޮމޯޝަންގައި މިފަހަރު ބައިވެރިވެވޭނީ ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަންބަރު 2626 އަށް އެސްއެމްއެސް ކުރުމުންނެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ އިއްޔެއިން ފެށިގެން 45 ދުވަހަށެވެ.

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވޯލްޑްކަޕް ބަލަން ދިއުމުގެ ފުރުސަތު ލިބޭނީ ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ކަމަށެވެ. އަދި އެމީހާ އާއި އެކު އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް އޮރިޖިނަލް ވޯލްޑްކަޕް ބޯޅާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮކާ ކޯލާ ފުޅީގައި ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނާނީ 300 އެމްއެލް އާއި 500 އެމްއެލް އަދި 1250 އެމްއެލްގެ ފުޅީގަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ރަޝިޔާއަށް ވޯލްޑްކަޕް ބަލަންދާ މީހުންގެ ހުރިހާ ހަރަދެއް އެ ކުންފުނިން ހަމަޖައްސާނެ އެވެ. ނަސީބުވެރިންނަށް ފުރުސަތު ލިބޭނީ ވޯލްޑްކަޕްގެ 36 ވަނަ މެޗު ބަލާލުމަށެވެ. އެ މެޗުގައި ކުޅޭނީ ސްޕެއިން އާއި މޮރޮކޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް