100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފޮނަދޫގައި ފޮޓޯގްރަފީ ކޯހެއް ފެށިގެން ކުރިއަށް

100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފޮނަދޫގައި ފޮޓޯގްރަފީ ކޯހެއް ފަށައިފިއެވެ. ޔޫތް ފޮރ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އިން ބާއްވާ މިކޯހަކީ ފޮޓޯގްރަފީގެ ލެވެލް 3 ސެޓްފިކެޓް ލިބޭ ކޯހެކެވެ. މިއަދު ހަވީރު ފެށި...

22 Mar 2018 | 19:02

100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފޮނަދޫގައި ފޮޓޯގްރަފީ ކޯހެއް ފަށައިފިއެވެ.

ޔޫތް ފޮރ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އިން ބާއްވާ މިކޯހަކީ ފޮޓޯގްރަފީގެ ލެވެލް 3 ސެޓްފިކެޓް ލިބޭ ކޯހެކެވެ.

މިއަދު ހަވީރު ފެށި މިކޯހުގައި ޖުމްލަ 105 މީހުން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ލ.ފޮނަދޫގެ އިތުރުން އަތޮޅުތެރޭގެ އެހެން ރަށްރަށުގެ ބައިވެރިންވެސް ހިމެނެއެވެ. މި ޕްރޮގްރާމަށް ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ޔޫތް ފޮރ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އިން މަޢުލޫމާތުދެއެވެ.

މިއީ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން ހިންގޭ ކޯހެކެވެ. ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކަށް އިންސްޓޯލްމެންޓްއަށް ނިކޮން ޑީ 3400 ކެމެރާއެއް ލިބެއެވެ. ޔޫތް ފޮރ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އިން ވަނީ މިދިޔަ ޖަނަވަރީ މަހުގައިވެސް ލ.ފޮނަދޫގައި މިކޯސް ބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް