ދިރާގުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ދިރާގުގެ ބޯޑަށް އެ ކުންފުނީގެ އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ދިރާގުން މައުލާމާތު ދޭގޮތުގައި މި މަގާމަށް ކުރިމަތިލާ މީހަކު ވާން ޖެހޭނީ ރާއްޖ...

23 Feb 2020 | 15:29

ދިރާގުގެ ބޯޑަށް އެ ކުންފުނީގެ އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން މައުލާމާތު ދޭގޮތުގައި މި މަގާމަށް ކުރިމަތިލާ މީހަކު ވާން ޖެހޭނީ ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަސައްކަތް ކުރެވޭ މީހަކަށެވެ. އަދި ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުތަކާއި ޝަރުތުތައް ވެސް އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެކަމަށެވެ.އަދި މީގެ އިތުރުން ދިރާގުގެ ހިއްސާދާރަކަށް ވެފައި ކުންފުންޏެއްގެ އިސް މަގާމެއް އަދާކުރި މީހަކަށް ވެސް ވާން ޖެހޭނެކަމަށް ދިރާގުން ބުނެއެވެ.

މި މަގާމަށް އަންހެނަކު ކުރިމަތިލުމަކީ ދިރާގުން ވަރަށް ބޮޑަށް ބާރު އަޅާ ކަމަކަށްވެފައި،  މި މަގާމަށް ކުރިމަތިލާ ހިއްސާދާރުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން "ދިރާގު ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް" ހުށަހަޅަން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮންމެ ދެއަހަރަކުން އެއް އަހަރު ދިރާގު ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން މެމްބަރަކު އައްޔަން ކުރެ އެވެ. އެގޮތުން، އަންނަ މަހު ބާއްވާ އަހަރީ އާއްމު ޖަލްސާގައި ވެސް އާއްމު މެމްބަރުންގެ ވޯޓުން ޑިރެކްޓަރެއް އައްޔަންކުރާނެ އެވެ. މި މަގާމަށް އައްޔަން ކުރާ މެމްބަރުގެ ދައުރު ހަމަވާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް