ސުލޫކީ މައްސަލައެއް އޮއްވާ ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ނުލިބޭ ގޮތް ހަދައިފި

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން ދަނިކޮށް އެ ފަނޑިޔާރަކު ރިޓަޔާކޮށްފިނަމަ އެ ފަނޑިޔާރަކަށް އިނާޔަތް ނުލިބޭ ގޮތް ހަދައިފިއެވެ. ޖޭއެސްސީއިން އެ ބަދަލު ގ...

23 Feb 2020 | 14:24

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން ދަނިކޮށް އެ ފަނޑިޔާރަކު ރިޓަޔާކޮށްފިނަމަ އެ ފަނޑިޔާރަކަށް އިނާޔަތް ނުލިބޭ ގޮތް ހަދައިފިއެވެ.

ޖޭއެސްސީއިން އެ ބަދަލު ގެނެސްފައިވަނީ އުމުރުން 55 އަހަރުވުމުން ސިއްހީ ސަބަބުތަކަށްޓަކައި ނުވަތަ އަމިއްލައަށް އެދިގެން މަގާމުން ރިޓަޔާކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުންނެވެ.

އަލަށް ގެނައި އިސްލާހުގައި ވަނީ ގަވައިދުގެ ދެ ވަނަ މާއްދާއަށް (ނ) އިތުރުކޮށް، ރިޓަޔާ ކުރަން އެދޭ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ނަމަ ނުވަތަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައެއް ނުދެވޭނެ ކަމަށެވެ. ނަމަވެސް އެ ގަވައިދު ކުރިން އޮންނަ ގޮތުން އަމިއްލައަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ރިޓަޔާ ކުރަން ނިންމާ ފަނޑިޔާރުންނަށް އިނާޔަތްތައް ޖޭއެސްސީން ހަމަޖައްސައިދެއެވެ.

ރިޓަޔާކުރާ ފަނޑިޔާރުންނަށް ދޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީއާއި ހެލްތު އިންޝުއަރެންސް އަދި އެހެނިހެން މާލީ އިނާޔަތްތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް