މިފަހަރުގެ ލީކު: ލީކުވުމުން ރުޅި ދުރުވެ މިނިސްޓަރު ނަހުލާ މިނިސްޓަރު އަލީއަށް ކުރި ކޯލެއް

މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކުވަމުން އަންނައިރު މިއަދުވެސް އާ ލީކެއް ކޮށްލައިފިއެވެ. މި ލީކަކީ ފުރަތަމަ ލީކުތައް ވި ފަހުން މިނިސްޓަރު ނަހުލާ މިނިސްޓަރު އަލީއަށް ގުޅުއްވައި ދެއްކެވި ވާހަކަތ...

23 Feb 2020 | 13:53

މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކުވަމުން އަންނައިރު މިއަދުވެސް އާ ލީކެއް ކޮށްލައިފިއެވެ. މި ލީކަކީ ފުރަތަމަ ލީކުތައް ވި ފަހުން މިނިސްޓަރު ނަހުލާ މިނިސްޓަރު އަލީއަށް ގުޅުއްވައި ދެއްކެވި ވާހަކަތެއްގެ އަޑު ހިމެނޭ ލީކެކެވެ.

އެގޮތުން މިނިސްޓަރު ނަހުލާ މިނިސްޓަރު އަލީ އަށް ގުޅާފައި، ވަރަށް އިތުބާރު ކުރެއްވި ކަމަށާއި ނަމަވެސް ބަޔަކު ތިބި ތަނެއްގައި ގުޅާފައި ސްޕީކަރަށް ލާފައި އަދި ނުވިތާކަށް ފޯނު ކަނޑާލުމަށްފަހު ދެއްކި ވާހަކަތަކާމެދު ޝަކުވާ ކުރެއްވިއެވެ.

ޖަވާބުގައި މިނިސްޓަރު އަލީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ އެޑިޓެއް ކަމަށެވެ.

ރައްދު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެއީ ކުރެވުނު ސައްހަ ކޯލެއްކަން ދެ މިނިސްޓަރުންނަށްވެސް އެނގިލައްވާނެ ކަމަށެވެ. އަދި މިނިސްޓަރު ނަހުލާއަށް މިކަމުގައި ކުށްވެރިވަނީ ލީކު ކުރި ފަރާތް ނޫންކަމަށާއި މިނިސްޓަރު އަލީ ކަންތައް އެ ކުރެއްވީ ވަރަށް ދެރަކޮށް ކަމުގައި ތަކުރާރުކޮށް ވިދާޅުވެއެވެ.

https://twitter.com/LeaksMV/status/1231573530183159808

އެންމެ ފުރަތަމަ ލީކުވި އޯޑިއޯގައި މިނިސްޓަރު އަމީނަށް ބަވާފައިވާއިރު ދެވަނަ އޯޑިއޯގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ބަވާފައިވެއެވެ. ތިންވަނަ ކޯލުގައި މިނިސްޓަރު ނަހުލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކައި އަދި ނުވިތާކަށް އެ އޯޑިއޯގައި މިނިސްޓަރު ނަހުލާއާއި ގުޅުވައި ހަޑި ހުތުރުވާހަކަތައްވެސް ދައްކާފައިވެއެވެ.

މިފަދަ އެތައް ލީކެއް ވަމުން ދިޔަނަމަވެސް މިނިސްޓަރު އަލީ ވިދާޅުވަމުން ގެންދަވަނީ އެއީ އަސްލެއް ނޫން ކަމަށެވެ.

މި ލީކުތަކާއި ގުޅިގެން މިނިސްޓަރު އަލީއާއިމެދު އަދި ސަރުކާރުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ނަމަވެސް މިނިސްޓަރު އަލީގެ މައްސަލަ މިނިސްޓަރު ނަހުލާ މިއަދު ރައީސަށް ހުށަހަޅުއްވާފައިވާކަން ދުވަހަށް ކަށަވަރު ވެއެވެ. ފުލުހުންވެސް މި އޯޑިއޯތަކުން އޯޑިއާއަކާ ގުޅުންހުރި މައްސަލައެއް ބަލަމުން އަންނަކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް