ހައްޖު ކޯޕަރޭޝަނުން ރޯދަމަހު އުމްރާއަށް ދާން ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިޔަށް އޮތް ރޯދަ މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހު އުމްރާއަށް ...

23 Feb 2020 | 07:46

ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިޔަށް އޮތް ރޯދަ މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހު އުމްރާއަށް ދާ ފަރާތްތަކުން ދަނީ20 ދުވަހަށްް ފަހު 15 ގައި އެވެ. އެ މުއްދަތަށް ކަނޑައަޅާފައިވާ އަގަކީ36،965 ރުފިޔާ އެވެ.

މި ދަތުރުގައި ބައިވެރިވުމަށް ފައިސާ ދައްކަން ހުޅުވާލާފައިވާ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ31 ވަނަ ދުވަހެވެ.

މި ޕެކޭޖުގައި ދެ އުމްރާ ކުރުމުގެ ފުރުސަތާއި ތިން ވަނަ އުމްރާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ގުރޫޕްތަކަށާއި ކުޑަ ކުދިންނަށް ހާއްސަ ޑިސްކައުންޓްތައް ހިމެނޭ މި ޕެކޭޖުގައި އުމްރާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ވިސާ، ވެކްސިން އަދި އުމްރާ ޓްރެއިނިން ހިމެނެއެވެ.

މި ޕެކޭޖުތަކާއި އެކު އެ ކޯޕަރޭޝަނުން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. އެގޮތުން މިއަހަރުގެ މާޗް އުމްރާ އާއި ރަމަޟާން އުމްރާއަށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ހޮވޭ ފަރާތަކަށް ހައްޖު ދަތުރެއް ދިނުމަށް ހަމަޖެހިފަވެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3011000 އަދި 3010872 ށް ގުޅުމުން ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް