ކޮވިޑް-19: ކްރޫޒް ލައިނާތަކެއްގަ ތިބި ހަތަރު ހާހަށްވުރެ ގިނަ މީހުން އެޗްޕީއޭއިން ސްކްރީންކޮށްފި

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަމާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު ބަނދަރުކޮށްފައި އޮތް ތިން ކްރޫޒް ލައިނާއެއްގައި ތިބި ހަތަރު ހާހަށްވުރެ ގިނަ ފަތުރުވެރިންގެ ސިއްހީ ހާލަތު ހެލްތް ޕްރޮޓެކްޝަން އެޖެ...

23 Feb 2020 | 07:28

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަމާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު ބަނދަރުކޮށްފައި އޮތް ތިން ކްރޫޒް ލައިނާއެއްގައި ތިބި ހަތަރު ހާހަށްވުރެ ގިނަ ފަތުރުވެރިންގެ ސިއްހީ ހާލަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެނެގެންފި އެވެ.

މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ކްރޫޒް ލައިނާތަކަކީ "މިސް މާކޯ ޕޯލޯ" "ނައުޓިކާ" އަދި "މިސް ކޯސްޓާ ވިކްޓޯރިއާ" އެވެ. އެޗްޕީއޭއިން ބުނީ އިއްޔެގެ ނިޔަލަށް އެ ތިން ކްރޫޒް ލައިނާގަ ތިބި4478 މީހަކު ތާމަލް ސްރީން ކޮށްފައިވާ ކަމަށެވެ.

ސްކްރީން ކުރުމުގައި އެ އޮތޯރިޓިން ބެލީ ވޭތުވެދިޔަ14 ދުވަހު ޗައިނާއަށް ދަތުރުކޮށްފައިވޭތޯ އާއި ހުން ހުރި މީހުންގެ އަދާއި، އެމީހުންގެ ބަލީގެ ހާލަތު ހުރީ ކަރަންޓީން ފެސިލީޓަށް ގެންގޮސް ފަރުވާދޭ ފަދަ ހާލަތެއްގަ ތޯއެވެ.

މިސް މާކޯ ޕާލޯ ކްރޫޒް ލައިނާ:

ޖުމްލަ ފަސިންޖަރުންގެ އަދަދު:984

ދަތުރުވެރިން:341

ކްރޫއިން:643

ހުން އައިސް ތިބި މީހުންގެ އަދަދު:8

ނައުޓިކާ ކްރޫޒް ލައިނާ:

ޖުމްލަ ފަސިންޖަރުންގެ އަދަދު:1،034

ދަތުރުވެރިން:399

ކްރޫއިން:635

ހުން އައިސް ތިބި މީހުންގެ އަދަދު:2

މިސް ކޯސްޓާ ވިކްޓޯރިއާ:

ޖުމްލަ ފަސިންޖަރުންގެ އަދަދު:2460

ދަތުރުވެރިން:1674

ކްރޫއިން:786

ހުން އައިސް ތިބި މީހުންގެ އަދަދު:12

އެޗްޕީއޭއިން ބުނީ އެ ކްރޫޒްލައިނާތަކުގައި ހުން އައިސް ތިބި މީހުންނަށް އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދޭން ނުޖެހޭ ކަމަށެވެ.

ރާއްޖޭގައި މިހާރު ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި އެވެ.

ޑަބްލިއުއެޗްއޯއިން ހަދިޔާ ކުރި ކިޓްތަކެއްގައި އެހީގައި ކޮރޯނާ ވައިރަސަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އައިޖީއެމްއެޗުގައި އެވެ. ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެ ކިޓުތަކުން 1،000 މީހުން ޓެސްޓު ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް