ޓެރަރިޒަމްގެ މައްސަލައެއްގައި ޅ. ނައިފަރުގެ ތިން ގެއެއް ބަލާ ފާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ21 ވަނަ ދުވަހު ހަވީރު5:15 އެހާއިރު ކަމަށެވެ. ފުލުހުން ބުނީ މައްސަލަ ހުށަހެޅި ތިން މީހަކާ ގުޅޭގޮތުން ކަމަށެވެ.
އެހެންވެ ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުންގެ ގެ ބަލާ ފާސް ކުރީ އިއްޔެ އެވެ. ފުލުހުން ބުނީ އެމީހުންގެ ގެތައް ބަލާ ފާސްކޮށް ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގަ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގަ ބަލާ ފާސްކޮށްފައިވަނީ އެ ރަށު ސްކޫލެއްގެ އިސްލާމް ޓީޗަރަކާއި އޭނާއާ އެކު އުޅޭ ދެމީހެއްގެ ގެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް