އުމުރުން14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ ތުހުމަތުގެ ހައްޔަރުކޮށްފައިވާ ސިފައިންގެ މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕީޖި އޮފީހުން މީޑިއާގައި ބުނެފަިއވަނީ އޭނާގެ މައްޗަށް ދައުވާ ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމްފަރު، ޝެހެނާޒު، މުހައްމަދު އަލީ ކަމަށްވެ އެވެ. އެކަމަކު އޭނާގެ ވަނަވަރެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގަ ސިފައިންގެ މީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ސިފައިންގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް