ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނޫމަޑިއާ އެއްކޮޅަށް ދިން ހެކި ބަހެއްގެ މައްސަލަ ކުއްލިއަކަށް ބަލަން ފެށުމުން ގިނަ ސުވާލުތަކެއް އޭނާ އުފައްދަވައިފި އެވެ.
ފުލުހުން ބަލަމުންދާ މައްސަލައެއްގަ ސުވާލު ކުރުމަށް ރޭ ޑރ. މުއިޒު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ8:00 ގައެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު މުއިޒު ފުލުހުންގެ އިދާރާގައި ހޭދަ ކުރެއްވި އެވެ.
ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި މުއިއްޒު މުއިޒު ވިދާޅުވީ ފުލުސް އޮފީހަށް މިރޭ އޭނާ ހާޒިރުކުރީ ކުރަމުން އަންނަ ގައުމީ މަސައްކަތަށް ހުރަސް އަޅަން ކަމަށެވެ. އޭނާ ވިދާޅުވީ ފުުލުހުންގެ އިދާރާއަށް އެ މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ޑރ. މުއިޒު ވިދާޅުވީ މައްސަލަ ހުށަހެޅިތާ އެހާ ދުވަސް ވެފައިވާއިރު ހާޒިރު ނުކޮށް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން އެނގުނީ ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ފޯމް ހުށަހެޅުމުން ކަމަށެވެ. މިކަންކަމުން ސިފަވަނީ ސިޔާސީ ގޮތުން މުއިޒުގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަން މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ފޯމު ހުށަހެޅީމާ މި ބޭފުޅުން އަޅުގަނޑު ޕޮލިހަށް ގެންދަން މި ނިންމި ނިންމުން އަޅުގަނޑަށް ސިފަވަނީ އެއީ ހަމަ ސިޔާސީ ގޮތުން އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ކުރެވޭ ކަމެކޭ،" އޭނާ ވިދާޅުވި އެވެ.
މުއިޒު ވިދާޅުވީ އެމްޑީޕީ ކަހަލަ ޑީމޮކްރަސީއަށް ވަކާލާތު ކުރާ ސަރުކާރަކުން އިންތިހާބުގައި ވާދަކުރާ ފަރާތްތައް އެކަހެރިކުރުމަށް އެކި ކަހަަލަ މަސައްކަތައް ކުރުމަކީ ޑިމޮކްރަަސީގެ ރީތި ސިފައެއް ނޫން ކަމަށެވެ. އަދި އާންމުު މެންބަރުންނާއި އާންމު ރައްޔިތުންގެ ބޭނުންވަނީ ޑިމޮކްރެސީގެ ރީތި ހަމަތަކާއި އެންމެންނަށް އިންސާފުވެރިކަމާ އެކު ކަންތައް ކުރެވިގެންދާ ތަނާއި އަނިޔާވެރިކަމާ ދުރުން ކަންތައްތައް ކުރާތަން ފެނުން ކަމަށެވެ.
ނޫމަޑި މައްސަލައިގަ އެ ކުންފުންޏާއި އެއްކޮޅަށް މުއިޒު ބަޔާން ދެއްވި ކަމަށް ބުނެ އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ މައްސަލައިގަ ދައުލަތުން ވަނީ ނޫމަޑިއަށް ސެޓްލްމެންޓު އެގްރިމެންޓެއްގެ ދަށުން ބަދަލުގެ ގޮތުގައި55 މިލިއަން ޑޮލަރު ދީފަ އެވެ. ސަރުކާރުން ބުނީ އާބިޓްރޭޝަން މަރުހަލާގައި ސަރުކާރުގެ ދިފާއު ބަލިވީ މުއިޒު ދެއްވި ބަޔާނުގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް