ގެނބިގެން މީހަކު މަރުވެއްޖެ

ކ. މާފުށީގައި މިއަދު ގެނބިގެން މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ ތުރުކީއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ. އެކަން ޔަގީންކޮށް ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީގައި މޫދަށް އެރ...

23 Feb 2019 | 14:04

ކ. މާފުށީގައި މިއަދު ގެނބިގެން މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ ތުރުކީއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ.

އެކަން ޔަގީންކޮށް ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީގައި މޫދަށް އެރި އުޅުނު ތުރުކީ މީހެއް ގެނބިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.

ގެނބިގެން ފަތުރުވެރިން މަރުވާ ހާދިސާ މިފަހުން ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އެ ހާދިސާ ހިނގާ ސަބަބުތައް ދެނެގަތުމަށް މަސައްކަތްތަކެއް ވެސް ފެށި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ މާފުށީ ކައިރީގައި ތަރައްގީ ކުރާ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އެކޮމަޑޭޝަން ހަމަޖެހިފައި ހުންނަނީ މާފުށީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް