ވޯޓް ކަރުދާހުގައި އީސީގެ ހާއްސަ ތައްގަނޑެއް

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ ކަރުދާހުގައި ހިމެނޭ ސެކިއިރިޓީ ފީޗަރތަކުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ޚާއްޞަ ތައްގަނޑު ވޯޓުކަރުދާހުގައި ޖަހަން ނިންމާފައިވާކަމަ...

23 Feb 2019 | 11:55

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ ކަރުދާހުގައި ހިމެނޭ ސެކިއިރިޓީ ފީޗަރތަކުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ޚާއްޞަ ތައްގަނޑު ވޯޓުކަރުދާހުގައި ޖަހަން ނިންމާފައިވާކަމަށް އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބާއި ގުޅިގެން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަނުގެ ރައީސް

އަހުމަދު ޝަރީފް ވިދާޅުވީ، ސެކިއުރިޓީ ފީޗާތަކުގެ އިތުރުން އީސީގެ ހާއްސަ ތައްގަނޑެއް ކަރުދާހުގައި ޖަހަން ނިންމާފައިވަނީ އިތުރު ޔަގީންކުރުމެއް ހިމެނުމަށްޓަކައި ކަމަށެވެ.

"އީސީން ވަނީ ސެކިއުރިޓީ ފީޗާރގެ އިތުރތުން އިތުރު ޔަޤިންކަމެއްވެސް ވޯޓޫ ކަރުދާހުގައި ހިމެނުމަށް. އެއީ ވޯޓު ކަރުދާހުގައި ކޮންމެ ކަރުދާހެއްގައި ދިނުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޚާއްޞަ ތައްގަނޑެއް ޖަހާނެ. އެއީ ވޯޓު ފޮށްޓަށްލާ ކަރުދާސް ފަސޭހައިން ޔަޤީންކުރުމަށް. ފަސޭހައިން އެ ފޮށްޓަށްލަނީ އީސީން ދޫކޮށްފައިވާ ކަރުދާހެއްތޯ ޔަޤީންކުރުމަށް."

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ބައެއް މައްސަލަތަކުގެ ސަބަބުން އެފަދަ ތައްގަނޑެއް ޖެހުމަށް އީސީން ނިންމިއިރު ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް މި ފެށޭ ހަފުތާގައި ބިޑަށް ހުޅުވާލާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާސް މީގެ ކުރިން ވެސް ރާއްޖެއިން ބޭރުން ޗާޕުކޮށްފައިވާކަން އެނގިފައި ނުވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެހެންކަމުން، މިފަހަރު ވެސް ރާއްޖެއިން ބޭރުން ވޯޓު ކަރުދާސް ޗާޕުކުރުމުގެ ވިސްނުން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް