ސުކޫލުތައް ހިންގުމުގެ ބާރު ކައުންސިލް ތަކަށް ދެނީ

ސިޓީތަކުގެ ސްކޫލްތައް ހިންގުމުގެ ބާރު ސިޓީ ކައުންސިލްތަކަށް ދޭން ވިސްނާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ އައްޑު އާއި ފުވ...

23 Feb 2019 | 11:36

ސިޓީތަކުގެ ސްކޫލްތައް ހިންގުމުގެ ބާރު ސިޓީ ކައުންސިލްތަކަށް ދޭން ވިސްނާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ އައްޑު އާއި ފުވައްމުލައް ސިޓީއަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ފުވައްމުލަކަށް ވަޑައިގެން، އެ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަގައެވެ.

އެބައްދަލުވުމުގައި މިނިސްޓަރު ވަނީ މުސްތަގުބަލުގައި ސްކޫލްތައް ހިންގާނީ ކައުންސިލު ތަމްސީލުކުރާ ބޯޑަކުން ކަމަށާއި އަދި އެއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގައި ހިމަނާފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން ސިވިލް ސަރވިސްގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އަދި ކައުންސިލްތަކުގައި އެޑިއުކޭޝަން ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވިއެވެ.

މިހާރު ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާއިން ފުއްދުމަށް ކަނޑައެޅި ވަޢުދުތައް ފުއްދާ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް