މަޖިލިސް އިންތިހާބުގައި ވާދަކުރާ މީހުންގެ ތެރޭގައި 71 ޒުވާނުން

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 35 އަހަރުން ދަށުގެ 71 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ...

23 Feb 2019 | 11:28

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 35 އަހަރުން ދަށުގެ 71 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 403 ފޯމް އީސީއަށް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން ގަބޫލުކޮށް، އެކަން އަންގާފައި ވާނީ 395 ކެންޑިޑޭޓުންނަށް ކަމަށެވެ. އެހެންކަމުން އިތުރު ފަރާތަކުން ކެނޑިޑޭންސީ އަނބުރާ ނުގެންދަވާ ކަމަށް ވާނަމަ އިންތިހާބުގައި ވާދަ ކުރައްވާނީ 395 ކެންޑިޑޭޓުން ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ބާކީ ތިބި އަށް ކެންޑިޑޭޓެއްގެ ފޯމް ބަލައި ނުގަންނަން އީސީ އިން ނިންމެވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 395 ފޯމެއް ބަލައިގެންފައިވާއިރު އޭގެ ތެރެއިން 71 ކެންޑިޑޭޓުންނަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށެވެ.

ކުރިމަތިލާފައިވާ ޖުމުލަ އަންހެނުންގެ އަދަދަކީ 35، އަދި ފިރިހެން ބޭފުޅުންގެ އަދަދަކީ 368. އެގޮތަށް ބަލާއިރު އަންހެން ބޭފުޅުންގެ އަދަދު ވަރަށް ކުޑަ. އެއީ 8.62 ޕަސަންޓު. 31 ޕަސަންޓު ބޭފުޅުންނަކީ ފިރިހެން ބޭފުޅުން،" ޝަރީފް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިއަ ޖެނުއަރީ މަހުގެ 28ގައި ހުޅުވާލިއިރު، އެފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ 16:00 އަށް ވަނީ ބަންދުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް