ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ޖުމްލަ 395 ކެނޑިޑޭޓުން ވާދަކުރާނެ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީން މިހެން ބުނެފައިވަނީ އިންތިހާބުގެ ކަންތައްތަކާއި ބެހޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވުމަށް 403 ފަރާތަކުން ފޯމު ހުށަހެޅި ކަމަށެވެ. ނަމަވެސް ބަލައިގެންފައިވަނީ 395 ފަރާތެއްގެ ފޯމު ކަމުގައި ޝަރީފް ވިދާޅުވިއެވެ.
ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަމްބަރު ތަރުތީބު ކުރުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް އީސީން މިއަދު ބުންޏެވެ.
އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތައް ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް