އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދޫކޮށްލައިފި އެވެ.
މި ދެ މެމްބަރުން ހައްޔަރު ކޮށްފައިވަނީ މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މަޖީދީ މަގުންނެވެ.
https://twitter.com/MohamedAmeeth/status/967083047483879424
މި މުޒާހަރާގެ ތެރެއިން އިތުރު ދެމީހަކުވެސް ހައްޔަރު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ވެސް ހިމެނެ އެވެ. ސްޓެޕްސް އައްޔަ ދޫކޮށްލިކަން ކަށަވަރެއް ނޫނެވެ.
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަނީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް