އެމްޕީ އަމީތު އާއި އެމްޕީ އަބުޅޯ ހައްޔަރު ކޮށްފި

އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރު ކޮށްފި އެ...

23 Feb 2018 | 13:25

އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރު ކޮށްފި އެވެ.

މި ދެ މެމްބަރުން ހައްޔަރު ކޮށްފައިވަނީ މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މަޖީދީ މަގުންނެވެ.

މި މުޒާހަރާގެ ތެރެއިން އިތުރު ދެމީހަކުވެސް ހައްޔަރު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ވެސް ހިމެނެ އެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަނީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް