މި މަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރު ކޮށްފައިވާއިރު ކުއްލި ނުކުރައްކަލުގެ ހާލަތު އުވާލުމަށް ކެނެޑާއިން ގޮވާލައިފި އެވެ.
އެގޮތުން ރާއްޖެ އަށް ކެނެޑާއިން ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް މެކިނަން ޓުވީޓެއް ކުރައްވާ މިއަދު ވިދާޅުވީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް ހަލަބޮލިކަން އިތުރުވުމާއި ނޫސްވެރިންނާއި މުޒާހަރާތަކަށް ދާ ފަރާތްތައް ހައްޔަރު ކުރަމުންދާ ދިއުމާމެދު ކެނެޑާއިން ކަންބޮޑުވާ ކަމަށެވެ.
ކުއްލި ނުރައްލުގެ ހާލަތު އުވާލައި ޑިމޮކްރަސީން ލިބިދޭ ހައްގުތައް ހޯދައިދިނުމަށް މެކިނަން ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
ކެނެޑާއިން މިހެން ބުނެފައިވާއިރު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިވަގުތު ހުންނެވީ އިންޑިއާގައި އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ރާއްޖެ އަދި އުތުރު ކޮރެއާގެ މަސްރަހާއިމެދު ކެނެޑާ އަދި އިންޑިއާއިން ގެންގުޅެނީ އެއް ވިސްނުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް