ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހާއި އުތުރު ކޮރެއާގެ މަސްރަހާއި މެދު ކެނެޑާ އަދި އިންޑިއާއިން ގެންގުޅެނީ އެއް ވިސްނުމެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިސް ޓްރޫޑޯ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މޯދީއާއި ޓްރޫޑޯ އެކުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯދީ ރާއްޖޭގެ މަސްރަހާއިމެދު މާ ގިނަ ވާހަކަތަކެއް ނުދެއްކެވި ނަމަވެސް ރާއްޖޭގެ މަސްރަހާއި އުތުރު ކޮރެއާގެ މަސްރަހުގެ ވާހަކަ އެކުގައި ގެނައުމަކީ ރާއްޖެއަށް ދިން ވަރުގަދަ މެސެޖެއް ކަމުގައި ބެލެވެ އެވެ. އަދި ރާއްޖެއަށް ނިސްބަތްވާފަދަ ބަސްފުޅުތަކެއް ރާއްޖޭގެ ވާހަކައަށް ދިއުމުގެ ކުރިން މޯދީ ވިދާޅުވެފައި ވެ އެވެ.
އެއީ ރައްދުބަސް ބުނާ، އިދިކޮޅު ހަދާ ފަރާތްތަކުގެ އަމަލުތައް ބަރުދާސްތު ނުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.
މޯދީ މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާއިން ރާއްޖޭގެ މަސްރަހާއިމެދު ކަންކަން ކުރާ ގޮތުން މަސްރަހު އިތުރަށް ގޯސްވާފަދަ މޭރުމަކުން ބަޔާނެއް ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް