އެޗްޑީސީގެ ތައްޔާރީތައް ކުރިއަށް -
ރަމަޟާންމަހާއި ދިމާކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާ
ބެހުމަށް ސަރުކާރުން ހަމަޖައްސަވާފައިވާއިރު، މިކަމަށް އެއްބާރުލުންދީ، ހުޅުމާލޭގައި
ހަދިޔާ ބެހުމަށް ފަސޭހަވާނޭހެން އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އެޗްޑީސީގެ
ޓީމުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދުވަހަށް މަޢުލޫމާތުދެމުން އެޗްޑީސީއިން ބުނީ ހުޅުމާލޭ
ފުރަތަމަ ފިޔަވަހީގެ ތިން ތަނަކުން އަދި ދެވަނަ ފިޔަވަހީގެވެސް ތިން ތަނަކުން ރޯދަ
ހަދިޔާ ބެހުން ކުރިއަށްދާނެ ކަމަށެވެ.
އެ ތަންތަނަކީ –
ފުރަތަމަ ފިޔަވަހިން
01. އުމަރުޒާހިރު ބިލްޑިންގ
02. ޕޮލްކޯ ޓަވަރު ތިރިން
03. މުހައްމަދު ގާސިމް ޕްރީ ސްކޫލުން
ދެވަނަ ފިޔަވަހިން
04. ކާމިލު ދީދީ ސްކޫލް
05. ހިޔާ ޓަވަރު
06. ވިނަރެސް ޓަވަރު
ވަޒީރު އާދަމް ޝަރީފް އުމަރު އިއްޔެ ވިދާޅުވީ 1447 ވަނަ
އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް
ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުން، 24 ޖެނުއަރީ 2026 ގައި މުޅި ރާއްޖޭގައި ފެށޭނެ
ކަމަށާއި ގްރޭޓަރ މާލޭގެ 15 ތަނަ ތަނަކުން ރޯދަ ހަދިޔާ ދޫކުރާނެ ކަމަށެވެ.
"ކިއުގައި ނުޖެހި، ޕޯޓަލް http://roadhahadhiya.mv އިން ޓޯކަން ނެގޭނެ"
ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ
ގޭބިސީތަކަށް ބޭނުންވާ 118673 މަސްދަޅު ކޭސް މިހާރު ވަނީ ތައްޔާރު ކުރެވިފައި
ކަމަށާއި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް