އތޮޅު ތެރޭގެ ތިން ސްކޫލެއްގައި ސައިންސް ލެބޯޓްރީ އަޅަން ކުންފުންޏަކާއު ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ހަވާލު ކުރީ ފ. ބިލެއްދޫ ސްކޫލާއި، އެ އަތޮޅު ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާ އަދި ށ. މަރޮށީގައި ހުންނަ މުނައްވަރާ ސްކޫލްގެ ސައިންސް ލެބް ޢިމާރާތުގެ މަސައްކަތް ކަމަށެވެ.
މި މަސައްކަތްތައް ހަވާލު ކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
ފ.ބިލެއްދޫ ސްކޫލް ސައިންސް ލެބް އިމާރާތުގެ މަސައްކަތް އިސްކޯ އިންވެސްޓް މެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 95 ދުވަހުގެ ތެރޭގައި ނިންމުމަށް 2,385,299.93ރ (ދެމިލިޔަން ތިންލައްކަ އައްޑިހަ ފަސްހާސް ދުއިސައްތަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ތިންލާރި) އަށެވެ.
އަދި ފ.އަތޮޅު މަދަރުސާ ސައިންސް ލެބް އިމާރާތުގެ މަސައްކަތް އިސްކޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 95 ދުވަހުގެ ތެރޭގައި ނިންމުމަށް 2,320,227.59ރ (ދެމިލިޔަން ތިންލައްކަ ވިހިހާސް ދުއިސައްތަ ހަތާވީސް ރުފިޔާ ފަންސާސް ނުވަލާރި) އަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމް އެވެ.
އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲ ސައީދު އެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ށ.މުނައްވަރާ ސްކޫލް (ށ.މަރޮށި) ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއި ކޮށްފައި ވާކަމަށެވެ.
ޕީއެސްއައިޕީ 2022 ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ކުންފުންޏާއި ށ.މުނައްވަރާ ސްކޫލް ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 145 ދުވަހުގެ ތެރޭގައި ނިންމުމަށް 2,114,824.86ރ (ދެމިލިޔަން އެއްލައްކަ ސާދަހާސް އަށްސަތޭކަ ސައުވީސް ރުފިޔާ އައްޑިހަ ހަލާރި) އަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމް އެވެ. ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިބްރާހިމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް