ހިސާން އާއި ދެކޮޅަށް އަޑު އުފުލީ ރައީސް ޔާމީން ހުރަގެޔަށް ލާފައިވާތީ: ތުޅާދޫ އަތީފް

ރައްޔިތުންގެ މަޖިލީހުގައި ބ. ތުޅާދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މެންބަރު ހިސާން ހުސެއިން އާއި ދެކޮޅަށް އަޑު އުފުލީ ރައީސް ޔާމީނަށް ހަރާމް ހުކުމެއްކޮށް ހުރަގެއަށް ލާފައިވާތީ އެކަމާއި ދެކޮޅަށް ކ...

23 Jan 2023 | 17:56

ރައްޔިތުންގެ މަޖިލީހުގައި ބ. ތުޅާދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މެންބަރު ހިސާން ހުސެއިން އާއި ދެކޮޅަށް އަޑު އުފުލީ ރައީސް ޔާމީނަށް ހަރާމް ހުކުމެއްކޮށް ހުރަގެއަށް ލާފައިވާތީ އެކަމާއި ދެކޮޅަށް ކަމުގައި ޕީޕީއެމް ޕީއެންސީ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު އަތީފް (ތުޅާދޫ އަތީފް) ބުނެފިއެވެ.

އޭނާ ބުނީ ހިސާން ތުޅާދުއަށްވަޑައިގެންނެވުމުން އިހުތިޖާޖު ކުރީ ޖުޑިސަރީގެ ރައީސްގެ މަޤާމުގަ އިނދެ  ޤާޒީންނަށް ނުފޫޒު ފޯރުވައި ޤާޒީންނަށް ހިސާން ބިރުދައްކައި ރައީސް ޔާމީންއަށް ހަރާން ހުކުމް ކޮށް ހުރަގެޔަށް ލާފައިވާ ކަމަށް ގަބޫލުކުރާތީ އެކަމާއި ދެކޮޅަށް ކަމަށެވެ. އެ އިހުތިޖާޖާއި ރައީސް ނަޝީދަކާ ގުޅުމެއް އޮތް މީހަކު އަދި ގުޅުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އިހްތިޖާޖު ލީޑުކުރީ އޭނާ ކަމަށްވެސް އަތީފް ބުންޏެވެ.

"ތުޅާދޫގައި އަޅާދޭންބުނި އެއަރޕޯޓްގެ އެއްވެސް މަސައްކަތެއް އަދާހަމައަށްވެސް ފެށިފައެއް ނުވޭ. ރައީސްގެ 4 ސްޕީޗެއްގައި ތުޅާދޫ އެއަރޕޯޓްގެ ވާހަކަ ތަކުރާރު ކޮށްފައިވޭ، ތުޅާދޫ ޒުވާނުންނަށް އަޅާދޭން ބުނި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަކަށް ނުދޭ، ތުޅާދޫ ގައި އަޅާދޭން ބުނި ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވޭ" އިހުތިޖާޖު ކުރީ މިކަންކަން ކުރިއަށް ނުދާތީ އެކަމާއި ދެކޮޅަށް ކަމުގައި އަތީފް ބުންޏެވެ.

އަތީފް ބުނީ މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ނުވައެއް ޖެހިއިރު ޔޫތު މިނިސްޓްރީން ތުޅާދޫގައި ހޭންޑް ބޯލް ކޯޓެއް އަޅާދޭން އިއުލާން ކުރިޔަސް ބިމެއް ކަނޑައެޅިފައި ނުވާކަމަށާއި ތުޅާދޫ މަސްވެރިންނަށް އައިސް ނުލިބި މަސް ރައްކާކުރެވޭނެ ގޮތެއް ނެތި އައިސް ޕްލާންޓް ހަލާކުވެފައި ވާތާ ދެ މަސް ވީ އިރުވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.

ދެކޮޅަށް އިހުތިޖާޖު ކުރީ ތުޅާދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިނދެ ތުޅާދޫގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކޮށް ނުދީ ގޮނޑި ހޫނުކުރަން އިންނާތީ ކަމުގައިވެސް އަތީފް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް