މޫސުން އިތުރަށް ގޯސްވެ ފުވައްމުލަކާއި އައްޑު ސިޓީއަށް ޔެލޯ އެލާޓު ނެރެފި

އައްޑު ސިޓީ އާއި ފުވައްމުލަކު ސިޓީއަށް މިރޭ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓުން މިއަދު ހަވީރުން ފެށިގެން އެ ސަރަހައްދަށް ނެރެފައި އޮތީ ވައިޓް އެލާޓެވެ. އެކަމަކު މިހާރު ވަނީ ޔެލޯ އެ...

23 Jan 2023 | 17:40

އައްޑު ސިޓީ އާއި ފުވައްމުލަކު ސިޓީއަށް މިރޭ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓުން މިއަދު ހަވީރުން ފެށިގެން އެ ސަރަހައްދަށް ނެރެފައި އޮތީ ވައިޓް އެލާޓެވެ. އެކަމަކު މިހާރު ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފައި އެވެ.

ޔެލޯ އެލާޓު ނެރެފައިވަނީ މިރޭ9:15 ން މެންދަމު1:00 އަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ މިވަގުތުތަކުގައި އެ ދެ ސިޓީ ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.

އެހެންވެ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް