ތ. އަތޮޅު ދެ ސްކޫލެއްގެ ކްލާސް ރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ތ.އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތް، މަލްޓިޕަރޕަސް ހޯލް އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.
ޕީއެސްއައިޕީ 2022 ގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 400 ދުވަހުގެ ތެރޭގައި ނިންމުމަށް 20.0 މިލިއަން ރުފިޔާއަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ.
އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝައްފާން ޝަމޫން އެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ތ. ގުރައިދޫގައި ހުންނަ ތ.އަތޮޅު މަދަރުސާގެ 6 ކްލާސްރޫމް، ހެލްތް ރޫމް އަދި ކައުންސެލިންގ ރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ. .
ޕީއެސްއައިޕީ 2022 ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ޙަވާލުކޮށްފައި ވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް 9.7 މިލިއަން ރުފިޔާއަށް ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމް އެވެ.
މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް