ރިސޯޓް ތަރައްގީކުރަން ކުރަން 14 ރަށެއް ބީލަމަށް ހުޅުވާލައިފި

ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަން ...

23 Jan 2023 | 15:32

ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެ މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ރަށްރަށާއި ފަޅުތަކުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 05 މާރިޗް 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅާނެ ތާވަލެއް އާންމުކޮށްފައެވެ.

މިގޮތުން 28 މާޗް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ބީލަން ހުށަހަޅަން ހަމަޖެހިފައި ވަނީ ހއ. ހދ. ރ އަދި ކ އަތޮޅުގައި ތަރައްޤީ ކުރާ ރިސޯޓު ތަކަށެވެ.

29 މާޗް 2023 ވާ ބުދަ ދުވަހުގެ ހެނދުނު މ،ފ،ތ ގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ރިސޯޓުތަކަށް ބީލަން ހުށަހަޅަން ހަމަޖެހިފައިވާ އިރު، 30 މާޗްވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބީލަން ހުށަހަޅަން ހަމަޖެހިފައި ވަނީ ގއ. އަދި ގދ ގައި ތަރައްޤީ ކުރާ ރިސޯޓުތަކަށެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަނީ މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 21  މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުމަށް އެދިލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް