ސޯޝަލް މީޑިއާގައި ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް އޭސީސީން ދެން ބަލާނެ: އިދިކޮޅު

ސޯޝަލް މީޑިއާގައި އެކި ފަރާތްތަކަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފަށާނެ ކަމުގެ ޔަގީންކަން އެންޓީ ކޮރަޕްޝަން ކޮމިޝަނުން ދީފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އ...

23 Jan 2023 | 13:08

ސޯޝަލް މީޑިއާގައި އެކި ފަރާތްތަކަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފަށާނެ ކަމުގެ ޔަގީންކަން އެންޓީ ކޮރަޕްޝަން ކޮމިޝަނުން ދީފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނަށް ނިސްބަތްވާ އިސް ލީޑަރުންތަކެއް މިއަދު ވަނީ އޭސީސީގެ މެމްބަރުން ނާއި ބައްދަލު ކުރައްވާފައި އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ސޯޝަލް މީޑިއާގައި އޭސީސީ ޓެގް ކުރުމަށްފަހު ކުރާ ކޮރަޕްޝަންގެ ތުހުމަތު ބަލާނެ ކަމަށް ބުނި ކަމަށެވެ. އަދި އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ އެކި މަޝްރޫތަކުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް އޭސީސީއަށް ރިޕޯޓް ކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫއު ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

އިދިކޮޅުން ބުނީ އެފަދަ މައްސަލަތައް ބެލުމަސް ހާއްސަ ޔުނިޓެއް އުފައްދާނެ ކަމަށްވެސް އޭސީސީން ބައްދަލުވުމުގައި ބުނި ކަމަށެވެ.

އެކަމަކު މިކަމާއި ގުޅޭގޮތުން އޭސީސީން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް