މި ދުވަސްވަރު މޫސުން ގޯސްވެ ރާއްޖޭގެ ހުރިހާ ރަށަކަށް އުދަ އަރާފާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިރޭ ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ12:00 ން ފަތިހު4:00 އަށެވެ.
އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުމުގެ ފުރުސަތު ބޮޑެވެ. އާންމު ގޮތެއްގައި23 މޭލާއި29 މޭލާ ދެމެދުގައި ވައި ޖެހުނަސް40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާއިރު މެޓް އޮފީހުން ބުނީ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
މުޅި ރާއްޖެއަށް ވައިގަދަވެ މޫސުން ގޯސްވެފައިވަނީ އިރުވައި މޫސުމުގެ ހަޅަ ޖަހަމުންދާތީ އެވެ. މި ނަކަތުގައި ވައިގަދަވެ އުދަ އެރުމުގެ ފުރުސަތު ބޮޑުވެ އެވެ.
އިއްޔެވެސް އުތުރުގެ ގިނަ ރަށްތަކަކަށް އުދަ އަރާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް