ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހައި ކޯޓުން މާޗުގެ ނިޔަލަށް ނިންމަނީ

ހައި ކޯޓަށް ހުށަހަޅާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިންމުމަށް އެ ކޯޓުން މަސައްކަތް ފަށައިފި އެވެ. ހައިކޯޓުން މިއަދު ބުނީ ކުޑަކުދިންނަ...

23 Jan 2020 | 18:28

ހައި ކޯޓަށް ހުށަހަޅާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިންމުމަށް އެ ކޯޓުން މަސައްކަތް ފަށައިފި އެވެ.

ހައިކޯޓުން މިއަދު ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ40 މައްސަލައެއް އެ ކޯޓުގައި އިސްތިއުނާފުކޮށްފައި އެބައޮތް ކަމަށެވެ. އޭގެ ތެރެއިން27 މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަތައް ކަމަށާއި އެ ހުރިހާ މައްސަލައެއްވެސް މާޗުގެ ނިޔަލަށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތަށް ހައިކޯޓުން ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ކުރިއަށް ގެންގޮސް ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުރިހާ ކޯޓުތަކަށް އެންގުމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަތަކުގައި ދައުވާ އުފުލާ މީހުންނަށް ހިންގޭ ޝަރީއަތްތައް ލަސްވެ ހުކުމް ކުރުން ދިގުލައިގެންދާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް