އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ

ނައްތާލެވިފައިވާކަން އިއުލާނު ކުރިފަހުން ރާއްޖޭގައި ފެތުރެމުންދާ ހިމަބިއްސަށް އިތުރު ދެމީހުން ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮންމެ ދުވަހަކުވެސް ވަކި އަ...

23 Jan 2020 | 15:50

ނައްތާލެވިފައިވާކަން އިއުލާނު ކުރިފަހުން ރާއްޖޭގައި ފެތުރެމުންދާ ހިމަބިއްސަށް އިތުރު ދެމީހުން ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް މީހުން އެ ބައްޔަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. ހިމަބިހި ޖެހިފައިވޭތޯ ޓެސްޓް ކުރަމުންދަނީ އެ ބަލި ޖެހިފައިވާ މީހުން ދިރިއުޅޭ މާހައުލާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު ނުވަ މީހަކު ހިމަބިއްސަށް ޓެސްޓް ކުރެވުނު އިރު އޭގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އިއްޔެވެސް ނުވަ މީހަކު ޓެސްޓު ކުރި އެވެ. އެކަމަކު އޭގެ ތެރޭގައި ހިމަބިހި ޖެހިފައިވާ މީހަކު ނެތެވެ.

މިއަދު ބައްޔަށް ޕޮސިޓިވް މި ދެ މީހުންނާއި އެކު މިހާރު މި ބަލި އަލުން ފެތުރެން ފެށި ފަހުން ހަ މީހުންނަށް ހިމަ ބިހި ޖެހިއްޖެ އެވެ.

އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން25 އަހަރުން ދަށުގެ މީހުން މީސަލްސް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައި އެވެ. އަދި އެ އޮތޯރިޓީން ވަނީހަ މަހާއި18 މަހުގެ ކުދިންނަށް މީސަލްސް ވެކްސިންގެ އިތުރު ޑޯޒެއް ދޭން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް