ދ. ކުޑަހުވަދޫގައި މިއަދު ގެނބިގެން މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ އުމުރުން 55 އަހަރުގެ މީހެކެވެ. އެރަށު ހުޅަނގުފަރާތު ފަޅުތެރޭގައި އޭނާ ގެނބިފައި އޮއްވާ ފެނިފައިވަނީ މިއަދު އިރު އޮއްސެން ގާތްވެފައިވަނިކޮށް 06:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ގެނބުނު މީހާ މިރޭ 06:45 ހާއިރު މަރުވެފައިވާކަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގާ ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް