ފުނަދޫ އެއާޕޯޓަށް މާދަމާ ހެނދުނު ޓެސްޓު ފްލައިޓު ޖައްސަނީ

ށ. ފުނަދޫގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް މާދަމާ ޓެސްޓު ފްލައިޓު ޖައްސަން ހަމަޖައްސައިފި އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު ޖައްސާނީ ހެނދުނު7:45 ގައި އެވެ. ރަސްމީކޮށް...

23 Jan 2020 | 09:02

ށ. ފުނަދޫގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް މާދަމާ ޓެސްޓު ފްލައިޓު ޖައްސަން ހަމަޖައްސައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު ޖައްސާނީ ހެނދުނު7:45 ގައި އެވެ. ރަސްމީކޮށް މޯލްޑިވިއަންގެ ދަތުރުތައް ފުނަދޫއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން، ފުނަދޫގެ ހުރިހާ ރައްޔިތުން އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން، ރައްޔިތުންގެ ފަރާޓުން ފްލައިޓު ޖައްސާގައި ހެނދުނު ސައި ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

އެއާޕޯޓުގައި ނުނިމި ހުރީ އަލިފާން ނިއްވާ ޓަވަރުގެ މަސައްކަތެވެ. އެ މަސައްކަތް ޝެޑިއުލް ދަތުރުތައް ފެށެންވާއިރަށް ނިމޭނެ ކަމަށްވެ އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަންފެށި އެއާޕޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް