ތި ކުރާ ޑައިޓު ކަމަކު ނުދޭ، ކާނާގައި ކާބޯހައިޑްރޭޓްސް ހިމެނުން ވަރަށް މުހިންމު!

ފާޑު ފާޑުގެ ޑައިޓުތައްކޮށްގެން ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރުމަކީ މިހާރު ހުރިހާ ޒުވާނުންނައި މެދު އުމުރުގެ މީހުން ކުރާ ކަމެކެވެ. އެކަމަކު މަދުން ކައިގެން، ނުކައި ހުރެގެން ނުވަތަ ވަކި ވައްތަރެއ...

23 Jan 2020 | 06:09

ފާޑު ފާޑުގެ ޑައިޓުތައްކޮށްގެން ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރުމަކީ މިހާރު ހުރިހާ ޒުވާނުންނައި މެދު އުމުރުގެ މީހުން ކުރާ ކަމެކެވެ.

އެކަމަކު މަދުން ކައިގެން، ނުކައި ހުރެގެން ނުވަތަ ވަކި ވައްތަރެއްގެ ކާއެއްޗެހި ކައިގެން ބަރުދަން ލުއި ކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ ގެއްލުންތައް ލިބޭ ކަމެކެވެ. ހާއްސަކޮށް ޑައިޓު ކުރާއިރު ކާބޯހައިޑްރޭސް އެކުލެވޭ މިންވަރު މަދު ކާނާ ކެއުމުން ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާ މިންވަރު އިތުރުވެ އެވެ.

ކާބޯ ހައިޑްރޭޓްސް އަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެއްޗެކެވެ. ބަރުދަން ލުއި ކުރަން ކާބޯ ހައިޑްރޭޓްސް އެކުލެވޭ ކާނާ ކެއުން ހުއްޓާލުމުން ނުވަތަ މާބޮޑަށް މަދު ކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތައެއް ނުލިބޭނެ އެވެ.

ހަކަތަ ނުލިބޭނަމަ ވަރުބަލިވެ މީހާ ވަރުދެރަ ވާގޮތް ވާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި ބޮލުގައި ރިއްސަން ފަށާނެ އެވެ.

ކާބޯހައިޑްރޭޓް އެކުލެވޭ ކާނާ އަކީ ހަޖަމް ކުރުމުގެ ނިޒާމަށް ވަރަށް މުހިންމު ބާވަތެކެވެ. ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ މާބޮޑަށް ކޮންޓްރޯލްކޮށް، ނުކާނަމަ ހަޖަމް ކުރުމުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެ އެވެ. އަދި ބޮޑުކަމު ދިއުމުގައި މައްސަލަ ދިމާވާން ފަށާނެ އެވެ.

ކާބޯ ހައިޑްރޭޓްސް އެކުލެވޭ ކާނާ ކެއުން ހުއްޓާލައިފި ނަމަ ޑައިޓް ކުރާއިރު މާބޮޑަށް ބަނޑުހައިވާކަމުގެ އިހުސާސްވެސް ވާނެ އެވެ. އަދި ރުޅި އައުމާއި ރުންކުރުވުން އިތުރުވާނެ އެވެ.

ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ މާބޮޑަށް ކޮންޓްރޯލް ކުރުމުން ނަތީޖާއެއްގެ ގޮތުގައި ބައެއް މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތުވެސް ބޮޑުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް