އަންހެނުން ހިތާނު ކުރުމަކީ ޖިންސީ އަނިޔާ ކުރުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމާއި ގުޅޭގޮތުން ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނެއް ފާސްކުރެވިފައިވުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމޭ ކިޔައިގެން ކުރަނީ ޖިންސީ އަނިޔާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
https://twitter.com/MohamedNasheed/status/1220216972467523584
އަންހެން ކުދިން ހިތާނު ކުރުމުގެ ވާހަކަ ދެކެވެން ފަށާފައިމިވަނީ އަންހެން ކުދިން ހިތާނު ކުރުމާއި މެދު އިސްލާމިކް މިނިސްޓްރީގެ ރައުޔެއް ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ އެ މިނިސްޓްރީއަށް އިއްޔެ ސިޓީއެއް ފޮނުވުމާއި ގުޅިގެންނެވެ. އެ މައްސަލަ ފެންމަތިވުމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަންހެން ކުދިން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެ އެޗްޕީއޭގެ ސިޓީ ބާތިލް ކޮށްފައި އެވެ.
އެކަމަކު އެފަދަ ރައުޔެއް ހޯދުމަށް އެޗްޕީއޭއިން ސިޓީއެއް ފޮނުވަން ޖެހުނު ސަބަބެއް އަދިވެސް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް